ads
ޗައިނާގެ ގުއާންދޮންގް ސަރަަހއްދުގައި ފެންބޮޑުވެފަ
ޗައިނާގައި ފެންބޮޑުވެ ހިނގި ހާދިސާއާ ގުޅިގެން މިނިސްޓަރު ތައުޒިޔާ ފޮނުވައިފި
ހުއްޓުމެއްނެތި ވާރޭ ވެހި ފެންބޮޑުވެ ޗައިނާގައި ހިނގަމުންދާ ކާރިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޗައިނާގެ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޗައިނާގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް އެންމެ ގެއްލުން ލިބިފައިވަނީ ގުއާންދޮންގް ސަރަަހައްދަށެވެ. ބޭރުގެ މީޑިއާތަށް ރިޕޯޓްކުރާގޮތުގައި އެ ސަަރަހައްދުން 100،000 އަށްވުރެއް ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށާއި 25،000 މީހުން ވަގުތީ ހިޔާތަކުގައި ހުރިކަަމަށް ބުނެ އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު މިނިސްތަރު ޒަމީރުގެ ބަޔާނުގައި ވަނީ ޗައިނާއަށާއި ހާއްސަކޮށް ޗައިނާގެ ގުއާންދޮންގް ސަރަހައްދަށް ކުރަމުންދާ ބޯވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން އެތައް މިލިއަން ބައެއް ހާލުގައި ޖެހި، އަދި އެތައް ބައެއްގެ ފުރާނަ ގެއްލިދިއުމުގެ ސަބަބުން ހިތާމަކުރައްވާކަމަށް ހާމަކޮށްފަ އެވެ. 

އަދި ޗައިނާއަށް މި ގޮންޖެހުން ބޮޑު ދަނޑިވަޅުގައި ރާއްޖޭގެ އެޑްމިނިސްޓްރޭޝަންއާއި އާއި ދިވެހި ރައްޔިތުންގެ ޗައިނާގެ ރައްޔިތުންނަށް ހަމްދަރުދި ދަންނަވާ ކަންވެސް ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

އެގައުމުގައި ވާރޭ ވެހުނު އަދަދު 1959 ވަނަ އަހަރު ރިކޯޑު ކުރަން ފެށީއްސުރެއް މި މަހު ވެހިފައިވާ ވާރޭ އަކީ ރިކޯޑު އަދަދެއްކަމަށާއި އެއީ 609 މިލިމީޓަރުގެ ވާރޭކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން މައުލޫމާތުދެ އެވެ. ސޯޝަލް މީޑިއާގައި އެގައުމުގެ ދަނޑުތަކާއި، ރަށްތައް އެއްކޮށް ދިޔަ ބޮޑުވެ ލިބައިވާ ބޮޑެތި ގެއްލުންތަކުގެ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް