ads
ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވި ދެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށަން ފެނަކައިން ދަނީ ތައްޔާރުވަމުން - ފޮޓޯ:ފެނަކަ
ފެނަކައިން ކުޅުދުއްފުއްޓަށް ފޮނުވި 2 ޖެނެރޭޓަރު އިންސްޓޯލްކުރަނީ
ކުޅުދުއްފުށި ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ފޮނުވި ދެ ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ކަރަންޓު މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އެ ރަށު ރައްޔިތުންނަށް ވަނީ އެކަމުން ބޮޑެތި ދަތިތަކަކާއި ގޮންޖެހުންތަކަަކާ ކުރިމަތިލާން ޖެހިފަ އެވެ. ފެނަކައިން މީގެ ދެ ދުވަސް ކުރިން ބުނެފައި ވަނީ އެ ސިޓީގެ ކަރަންޓު ޖެނެރޭޝަން ކެޕޭސިޓީއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ދެ ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.  

އެ ދެ ޖެނެރޭޓަރު ރަށަށް ލިބިފައިވާ ކަމަށާއި މިހާރު ތައްޔާރުވަމުން ދަނީ ޖެނެރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތަށް ކަަމަށް ފެނަކައިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. ފެނަކައިން ބުނި ގޮތުގައި އެ ދެ ޖެނެރޭޓަރަކީ 600 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ކަމުގަ އެވެ.

ކުޅުދުއްފުއްޓަށް މިދިޔަ ހަފުތާގެ ތެރޭގައި ވެސް ކަރަންޓުގެ މައްސަލަ ދިމާވެ ރަށުގެ ރައްޔިތުންނަށް ވަނީ ގިނަ ތަކުލީފުތަކަަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ރަށުގައި އޮޕަރޭޓް ކުރަމުންދިޔަ ޖެނެރޭޓަރުތަކުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު މެކޭނިކަލް ޓީމެއް އެ ރަށަށް ގޮސް ދިމާވި މައްސަލަ ވަނީ ހައްލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް