ads
ކަނަވާރޯ ވޯލްޑްކަޕް ތަށްޓާއެކު
އުދިނޭސީގެ ކޯޗު ކަމަށް ކަނަވާރޯ
އިޓަލީގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކަނާވާރޯ މި ސީޒަން ނިމެންދެން އުޑިނޭސީގެ ކޯޗުކަމުގެ މަގާމަށް ހަމަޖައްސައިފިއެވެ،

އިޓަލީގެ ކެޕްޓަންކަމުގެ މަގާމުގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ކަނާވާރޯ ވަނީ ވެރޯނާ އަތުން 1-0 އިން ބަލިވުމުން މަގާމުން ވަކިކުރި ގެބްރިއެލް ސިއޯފީގެ ބަދަލުގައި ވަގުތީ ކޯޗު ކަމަށް ކަނޑައަޅާފައެވެ. އެ ބަލިވުމުން އުޑިނޭސޭ ވަނީ ސެރީއާގެ 17 ވަނައިގައި - ރެލިގޭޝަން ޒޯނުން އެއް ދަރަޖަ މަތީގައި - އަދި 18 ވަނައިގައި އޮތް ފްރޮސިނޯނޭއާ 28 ޕޮއިންޓާއެކު އެއްވަރުވެފަ އެވެ.

ކެނަވާރޯ އިން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޖޫން މަހުގެ ފަހުކޮޅު ކުރިއަށްދާނެ އެވެ. އޭނާ ކޯޗުކަމުގައި ފުރަތަމަ މެޗަކަށް ވެގެންދާނީ ބުރާސްފަތި ދުވަހު ރޯމާއާ ދެކޮޅަށް އުޑިނޭސީން ކުޅޭ ބާކީ 18 މިނެޓް ކުޅެން ޖެހޭ މެޗެވެ.

ކަނާވާރޯ އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ސެންޓަރ ބެކް ކަމަށްވާއިރު، އޭނާ ވަނީ 2006 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދައި ޕާމާ، ޔުވެންޓަސް، އިންޓަ މިލާން އަދި ރެއާލް މެޑްރިޑް ފަދަ ޓީމަށް ކުޅެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް