ads
ރައްޔިތުން މަޖިލީހުގެ ތަޅުން
އާ މަޖިލިސް ހުވާކުރުން އަންނަ މަހު 28ގައި ބާއްވަން ނިންމައިފި
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުން އަންނަ މަހު 28ގައި ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާކުރުން އަންނަ މަހު 28ގައި ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

މިހާރު މި ހިނގާ މަޖިލީހުގެ އުމުރު ހަމަވާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭނެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް