ads
ޓޮމް
ފީފާގެ ޓީމުން ކްލަބުތަކާ ބައްދަލުކުރަނީ
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކާ އަދި އިދާރީ ގޮތުން ބޮއްސުންލާފައިވާ ކަންކަން ބަލައި ހައްލުކުރުމަށް، ފީފާއިން އައި ޓީމުން، ފެބްރުއަރީ މަހު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގުރެސްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކްލަބުތަކާ ބައްދަލުކޮށްފި އެވެ.

އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން އަދި އެ އިދާރާގެ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ފީފާ އަށް ލިބިފައިވާ ޝަކުވާތައް ބަލަން އައި ފީފާގެ ޓީމުގައި ތިން އޮފިޝަލުން ހިމެނެއެވެ. އެއީ ފީފާގެ އޮފިޝަލަކާ އޭއެފްސީގެ ދެ އޮފިޝަލުންނެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއެފްސީގެ މެމްބަރުން ހިމެނޭ ޓީމެއް ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށެވެ.

މި ޓީމުންވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅާފައިވާ އެ އިދާރާގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ އަށް ތާއީދުކުރާ ކްލަބުތަކާ ބައްދަލުކޮށްފައެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެލްޓީ، ސީބީއެލް، ކްލަބް ޕީކޭ، އަދި މަހިބަދޫ ސްޕޯޓްސްގެ މަންދޫބުން ނެވެ. 

މި ބައްދަލުވުމުގައި މަހިބަދޫގެ މަންދޫބެއްގެ ގޮތުގައި ޓޮމްވެސް ބައިވެރިވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް