ads
ކިމް ޖީ ވޮން
ކުއީން އޮފް ޓިއާސްގެ ޖީވޮން ކޭޕޮޕް އައިޑޮލްއަކަށްވާން ޓްރެއިންވި ތަ؟
މަޝްހޫރު ކޭ ޑްރާމާ ކުއީން އޮފް ޓިއާސްގައި ހޮންގް ހޭ އިން ގެ ރޯލުން މަޝްހޫރުވި ކިމް ޖީ ވޮން އެކްޓިން އަށް ބަދަލުވުމުގެ ކުރިން ފުރަތަަމަ ތަމްރީނުވީ ކޭ ޕޮޕް އައިޑޮލްއެއްގެ ގޮތުގައި ޑެބިއު ކުރުމަށެވެ.

ފޮނިހުވަފެންތައް ދެކެމުން، ކޭޕޮޕް އައިޑޮލްއަކަށް ތަމްރީންވަމުން ދިޔަ ޖީވޮން، ފުއްނާބު އުސް ބަތަލާއަކަށް ވާން ކުރި ބުރަ ދަތުރުގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާގެ ވާހަކަ އަށް ޝައުގުވެރިކަން އުފެދިފައެވެ. އަދި މީގެ ސަބަބުން ޖީވޮން ދަނީ މަގުބޫލުކަން ހޯދާ މިހާރުވެސް ގިނަބައެއްގެ ލޯބި ހޯދަމުންނެވެ.

ކުއީން އޮފް ޓިއާސްގައި ކިމް ޖީ ވޮން ހޮންގް ހޭ އިންގެ ރޯލުން ފެނިގެންދާއިރު، އޭނާ ދެއްކި މޮޅު ހުނަރުން ބެލުންތެރިން ވަނީ ސިއްސުވާލާފަ އެވެ. ކުއީން އޮފް ޓިއާސް ގައި ޖީވޮން ކުޅުނު ރޯލްގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިން ނުފެންނަ ފެންވަރަކަށް އޭނާގެ މަގުބޫލުކަން މިހާރު ވަނީ އިތުރުވެފަ އެވެ.

ފިރިހެން ބަތަލް ކިމް ސޫ ހިޔުން އާއި އެކު އަންހެން ލީޑް ރޯލުން ފެނިގެންދާ ކިމް ޖީ ވޮން އަކީ  އެ ޑްރާމާގައި ކުއީންސް ކުންފުނީގެ ޑިޕާޓްމަންޓް ސްޓޯރުތަކުގެ "ރާނީ" ގެ ނަމުން މަޝްހޫރު ޗެބޯލް ވާރިސެކެވެ.

ކުއިން އޮފް ޓިއާސްގެ ލިޔުންތެރިއާއަކީ ނަން މަޝްހޫރު ކޮރެއާ ޑްރާމާތައް ކަަމަށްވާ "ކްރޭޝް ލޭންޑިން އޮން ޔޫ"، "މައި ލަވް ފްރޮމް އަނަދާ ސްޓާ" ފަދަ ޑްރާމާތައް ސްކްރީން ރައިޓްކުރި ލިޔުންތެރިޔާ އެވެ.

19 އޮކްޓޯބަރު 1992 ވަނަ އަހަރު ދެކުނު ކޮރެއާއަށް އުފަނަވި ޖީވޮން ޒުވާން އުމުރުގައި މުނިފޫހިފިލުވުމުގެ ކެރިއަރު ފެށީ 2007 ވަނަ އަހަރު މަގުމަތިން ކުންފުނިތަކުން ސްކައުޓްކުރުމުގައި ލިބުނު ފުރުސަތެއްގެ ތެރެއިންނެވެ. ފުރަތަމަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ތަމްރީނު ލިބުނު ނަމަވެސް އެންމެ ފަހުން އޭނާ މިސްރާބު ޖެހީ ފިލްމުކުޅުމާ ދިމާލަށެވެ.

އޭގެ ފަހުން ޖީވޮން 2010 ވަނަ އަހަރު ވަނީ މަޝްހޫރު ކޭޕޮޕް ގްރޫޕް ބިގް ބެންގް އާއި އެކު ލޮލީ ޕޮޕް އިސްތިހާރެއްގައި ބައިވެރިވެފައެވެ. އޭގެ ފަހުން އޭނާއަށް "ލޮލީ ޕޮޕް ގާލް" ގެ ނަމުންވެސް ވަނީ ނަންދެވިފައެވެ. އިސްތިހާރު ކުޅުމަކީ ފެށުންނަމަވެސް ޖީވޮންގެ ނަން މީހުންގެ ތެރޭ މަގުބޫލްވެ އާންމުވާންފެށީ އޭނާ 2011 ވަަނަ އަހަރު ކުޅެން ފެށި ރޯލްތަކުގެ ސަބަބުންނެވެ. އެގޮތުން ހައި ކިކް، ޓުދަ ބިއުޓިފުލް ޔޫ އަދި ސަނީ ޑޭ ގައި ފެނިގެން ދިޔަ ރޯލް ތަކުން އޭނާ ދައްކުވާލި މޯޅު ކުޅުމެކެވެ.

މީގެ އިތުރުން 2016 ވަނަ އަހަރާ ހަމައަށް އާއިރު ޖީވޮން ވަނީ ދާއިރާގައި ވަަރަށް މޮޅު އަދި ފުއްނާބު އުސް ތަރިއަކަށްވެގެންގޮސްފައެވެ. އެގޮތުން މުޅި ދުނިޔެއަށް މަޝްހުރު ވި ޑިސެންޑެންޓްސް އޮފް ދަ ސަން ވެގެން ދިޔާއި އޭނާގެ އެންމެ ކާމިޔާބު މަސައްކަތަަށެވެ. އޭގައި އޭނާ ދައުކުވައިދިނީ މިލިޓަރީ ޑޮކްޓަރެއްގެ ރޯލެވެ.

އަބަދުވެސް ތަފާތު ރޯލްތަކުން ފެނިގެންދާ ކިމް ޖީވޮން ކޮންމެ ރޯލްއެއްވެސް މިހާރު ދަނީ ފަސޭހަކަމަާއި އެކު ކުޅެ، ބެލުންތެރިންގެ ޝައުގާއި ލޯބި ފަސޭހަ ކަމާއި އެކު އަތުލައިގަންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް