ads
ޕަރިނީތީ ޗޯޕްރާ
ދާއިރާއަށް ތައްޔާރުނުވެ ވަދެ، އިހްތިޔާރު ކުރެވުނީ ނުބައި މަގެއް: ޕަރިނީތީ
ބޮލީވުޑް ދާއިރާއަށް ތައްޔާރުނުވެ ވަދެ، ހިފުން ރަނގަޅު ނޫން ނަސޭހަތްތަކުގެ ސަބަބުން އިހްތިޔާރުކުރެވުނީ ނުބައި މަގެއްކަމަށް ޕަރިނީތީ ޗޯޕްރާ ހާމަކޮށްފި އެވެ.

އިންޑިއާގެ މީޑިއާއެއް ކަމަށްވާ ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން 35 އަހަރުގެ ޕަރިނީތީ ވަނީ އޭނާ ރަނގަޅުނޫން ކަން ކަން އިހްތިޔާރުކުރުމަށް މަގުފަހިވި ކަންކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. ޕަރިނީތީ ބުނީ އޭނާ ދާއިރާގައި އުޅޭތާ 10 އަހަރަށްވުރެއް ގިނަ އަހަރު ވެފައިވާކަމަށާއި ފާއިތުވި އެއަހަރުތަކުގައި ހަމަ އެއް ވަރަކަށް ކާމިޔާބިއާ ނާކާމިޔާބީ ލިބިފައިވާކަމަށެވެ.

އެންމެ ފަހުން މިޝަން ރާނީ ޖަންޖް ފިލްމް އިން ފެނިގެން ދިޔަ ޕަރިނީތީ އިތުރަށް ބުނީ އޭނާގެ އިހްތިޔާރު ކުރި މަގުތައް ގޯސް ވި މައިގަނޑު ސަބަބަކީ އޭނާގެ ގާތުގައި އެއިރު ތިބި މީހުން ދެމުން ގެންދިޔަ ރަނގަޅު ނޫން ނަސޭހަތްތަކުގެ ސަބަބުންކަމަށެވެ. ދާއިރާގައި ކަންކަމުގައި ކުރިމަތިލާނެ ގޮތް ކިޔާ ދެމުން ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ ނުބައި ނަސޭހަތް ދެމުން ގެންދިޔަ މީހުން ކަަމަށް ފާހަގަކޮށް ޕަރިނީތީ ބުނީ އޭނާ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ވަތްއިރު އޭނާ އަށް ދާއިރރާ ބެހޭ އެއްވެސް އިލްމެއް އުނގެނިފައެއް ނުވާކަަމަށެވެ. އަދި ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ގޮސް ފާއިތުވި ކޮންމެ ދުވަހުގެވެސް އިރުއޮށްސެނީ އެފަދަ ނަސޭހަތް އަޑުއަހަމުން ކަމަށް ޕަރިނީތީ ހިތާމައާއެކު ފާހަގަކުރި އެވެ.

ޕަރިނީތީ އިތުރަށް ބުނީ ދާއިރާގައި ފުއްނާބު އުސް ފަންނާނަކަށް ވުމަށް ގެންގުޅެންޖެހޭނެ އުކުޅުތަކެއް އެއިރު އޭނާއަށް ނޭންގޭ ކަމަށެވެ. އެހެން ފަންނާނުންނަށް އިޝާރާތްކޮށް މަގު ދައްކަމުން ދިޔަ މީހުން ބާރުއަޅަމުން ދިޔައީ އެމީހުން ކަންކުރާ ފަދައިން ޕަރިނީތީ ވެސް އެގޮތައް އަމަލުކުރުމަށް ކަމަށް ޕަރިނީތީ އިންޓަވިއުގައި ހާމަކުރި އެވެ. އަދި އެއިރު އޭނާ އަށް ދާއިރާގައި ކަންކަމުގައި ނުބަޔާ ރަނގަޅު ވަކި ކުރާކަަށް ވެސް ނޭންގުނުކަމަށް ޕަރިނީތީ ފާހަގަކުރި އެވެ.

ބޮލީވުޑް ފިލްމީ އިންޑަސްޓްރީގައި ޕަރިނީތީ ތައާރަފްވެގެންދިޔައީ 2011 ވަނަ އަހަރު ލޭޑީސް ވާސް ރިކި ބާލް އޭ ކިޔާ ފިލްމަކުންނެވެ. އެ ފިލްމުގައި އަނުޝްކާ ޝަރްމާއާއި ރަންވީރް ސިންގް އާއި އެކު ޕަރްނީތި އަދާކުރީ ސަޕޯޓިންގ ރޯލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް