ads
އިކޮނޮމިކް މިނިސްޓަރު ސައީދު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އިންޑިއާއި ޗައިނާއިން އެތެރެ ކުރާ މުދަލަށް ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަނީ
ޗައިނާގެ ޔުއާން އިން ގަންނަ މުދަލާއި އަވައްޓެރި އިންޑިއާއިން ރާއްޖެ އތެރެކުރާ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ލ. މާވަށަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރެއް ރައީސް މުއިއްޒަށް މިއޮތް ދެ ހަފްތާ ތެރޭގައި ދެއްވައިފިނަމަ އިދާރަކުރެއްވިޔާ މަދު ވެގެން ދެ އަހަރުގެ ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޑޮލަރު ރޭޓް މިހާރަށްވުރެ ވެސް ދަށްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެއިން އަހަރަކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އިންޑިއާ އާއި އެކު ކުރަމުންދާއިރު ޗައިނާއާ އެކު އަހަރަކު 720 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކުރަމުންދާ ކަމަށެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިން ރާއްޖެއަށް މުދާ އެތެރެކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޗައިނާގެ ޔުއާން އިން ގަންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. ހަމައެގޮތަށް އިންޑިއާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ޗައިނާއާއިއެކު 720 މިލިއަން ޑޮލަރުގެ އަދި އިންޑިއާއެކު 780 މިލިއަން ޑޮލަރުގެ ވިޔަފާރި އެބަ ކުރަން. މި ދެ ގައުމާއެކު ހަމައެކަނި. މިކަން ވާނެ ކަމުގެ ހުރިހާ ސިގްނަލެއް އެބަފެނޭ. އެއީ އަޅުގަނޑުމެންގެ ސަރުކާރަކީ ގޮސް ވަކި ބަޔަކާ ޖެހޭނެ ބައެއް ނޫން. އަޅުގަނޑުމެންގެ ލައިން ވަރަށް ސާފު. ރާއްޖޭގެ މިނިވަންކަން ބޭރުގެ ސިފައިން ނުތިބުން އަޅުގަނޑުމެންގެ ބޭނުމަކީ. ވިޔަފާރީގައި ހުޅުވާލެވިފައިވާ ގައުމެއް ރާއްޖެއަކީ." ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިއަދު ލ. މާވަށަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއްގެ އެޖެންޓުން ރާއްޖެ ގެނައުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އަލިޕޭ އަދި ވީޗެޓާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރާއްޖެގެ އިގްތިސާދު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ބޭނުންވާނެ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް