އިމްރާނުގެ މައްޗަށް ހުކުމް އިއްވީ ދައުލަތުގެ ސިއްރުތަކެއް ހާމަކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.
ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ރާވަލްޕިންޑީގެ އެކައުންޓަބިލިޓީ ކޯޓުން އިއްޔެ އިމްރާން ހާންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި މިވަނީ އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ދައުލަތަށް ލިބިފައިވާ ބައެއް ހަދިޔާ ވިއްކި ބުނެ ހުށަހެޅި މައްސަލައިގަ އެވެ.
އަނބިކަނބަލުން ބުޝްރާ ބީބީއަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެކަމުގައި ބައިވެރިވިކަން ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
އިމްރާން ހާން އާއި އަނބިކަނބަލުންނަށް އާ ދެކޮޅަށް އެ ހުކުމްތައް އިއްވާފައި ވަނީ ޕާކިސްތާނުގެ އާންމު އިންތިހާބު ފެށެން ހަފުތާއަކަށްވެފައިވަނިކޮށެވެ. އެ ގައުމުގެ އިންތިޚާބު އަންނަ ފެބްރުއަރީ މަހު އަށްވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގެ ޝަރުޢީ މަރުޙަލާގައި ކުރިމަތިވި ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ޚާންގެ ޤާނޫނީ ވަކީލުން ޓީމުން ސިފަ ކުރިއެވެ. އަދި ހާންއާ ދެކޮޅަށް ހިންގި ޝަރީއަތުގައި އޭނާއާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ކޯޓުން ދީފައި ނުވާ ކަމަށް އެ ފަރާތުން ތުހުމަތު ކުރެއެވެ. އަދި އެ ޙުކުމްތައް އިސްތިޢުނާފު ކުރާނެ ކަމަށް ވެސް އޭނާގެ ގާނޫނީ ވަކީލުން ބުނެއެވެ.