އިސްރަވަން ގެ މައްޗައް ކޮރަޕްޝަންގެ ބޮދެތި ތުހުމަތުތަކެއް ކޮށް ހުސްވި އަހަރުގައި ބަންދުކުރި އެވެ. ކަފާލާތުގެ ދަށުން މިހާރު ދޫކޮށްލާފައިވާއިރު އޭނާގެ މައްޗައް މިމަހުގައި ވަނީ ރަސްމީކޮށް ދައުވާ އުފުލައިފި އެވެ.
މިއާއެކު ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހިސިއެން ވަނީ އިސްރަވަން އިސްތިއުފާ ދެއްވިކަން އިއުލާނުކޮށްފަ އެވެ.
އިސްރަވަން ގެ މައްޗަށް 27 ދައުވާއެއް ކުރާއިރު އޭގެ ތެރޭގައި އަގުބޮޑު ސްޕޯޓް އިވެންޓެއްގެ ޓިކެޓްތަކެއް ސިންގަޕޫރުގެ މަޝްހޫރު ބިލިއަނަރެއްގެ އަތުން ހޯއްދެވުމުގެ ތުހުމަތު ވެސް ހިމެނެ އެވެ.
އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރެއްވުމުގެ އިތުރުން އިސްރަވަން ވިދާޅުވީ ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ފަހުން މިހާތަނަށް ލިބިވަޑައިގަތް މުސާރަ އާއި އިނާޔަތްތައް އަނބުރާ ސަރުކާރަށް ދައްކަވާނެ ކަމަށެވެ.
ސިންގަޕޫރުގައި ވަޒީރުންނަކީ ނިސްބަތުން ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބޭފުޅުން ކަމުގައި ވާއިރު ފާހަގަ ކޮށްލެވޭ ކަމަކީ ސިންގަޕޫރަކީ ކޮރަޕްޝަންއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ނުހައްގު މުއްސަދިކަން ސަރުކާރުގެ ވެރިންގެ ކިބައިން މަދު ގައުމެކެވެ.