ތައުލީމީ ހަޔާތުގައި ޝުޖާއު ފިޔަ ޖަހައިގަތެވެ. އެއީ އޭނާގެ އާއިލާ އާއި، އޭނާ އުފަންރަށް އޭނާ އަށްޓަކާއި ފަހުރުވެރިވާ އެއް ސަބަބެވެ.
ގދ. ފިޔޯރީ އަށް އުފަން އެ ޒުވާނާގެ ތައުލީމީ ހަޔާތް ފެއްޓީ ގދ. ތިނަދޫ ތައުލީމީ މަރުކަޒުންނެވެ. ގުރޭޑު 1 އިން 6 އަށް ތިނަދޫގައި ކިޔެވީ މަންމަޔާއި އެކުގައި ކަމަށާއި، އޭރު މަންމަ އަކީ ޝުޖާއުގެ ޓިއުންޝަން މިސްގެ ހައިސިއްޔަތުންވެސް ތައުލީމަށް ހުރިހާ އެއްބާރުލުމެެއް ދެއްވި ފަރާތް ކަމަށްވެސް ޝުޖާއު ބުންޏެވެ. އަދި ކިޔަވައިދިނުމަށް ބައްޕަވި ގުރުބާނީ އަކީ ޝުޖާއުގެ ހިތުން ފިލައިގެންދާނެ ކަމަކަށް ނުވިއެވެ.
ޝުޖާއު މަޖާޒީ ގޮތަކަށް ބުނީ ކިޔަވަން އޭރު ބޭނުން ނުވިޔަސް ކޮފީ ބޯ ހިތްވާ ކަމަށެވެ. ކޮފީ ލިބޭނީ ފަތިހު ހޭލާ ކިޔަވެމުން ކަމަށް މަންމަ ބުނުމުން ތެދުވެ ކިޔަވަނީ ކޮފީ ބޯން ކަމަށެވެ.
ގުރޭޑް ހަޔެއް ނިންމާ 2005 ވަނަ އަހަރު ޝުޖާއު މާލެ ބަދަލުކޮށް މަޖީދިއްޔާގައި ކިޔަވަންފެށިއެވެ. އެހާ ހިސާބުން މަންމަޔާއި ދުރުގައި ހުރެ ކިޔަވަން ޖެހުމުން ވަރަށް އުނދަގޫ ތަކާއި، އެކި ގޮންޖެހުންތައް ކުރިމަތިވި ކަމަށްވެސް ޝުޖާއު ބުންނެވެ.
ޝުޖާއުގެ ކިޔެވުމަށް އެހާ ހިސާބުން ބަދަލު އައި ކަމަށާއި، އެއީ މަންމައާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން ކަމަށެވެ.
މަޖީދިއްޔާގައި އުޅުނު ދުވަސްވަރު ދިމާވި ރައްޓެހިންގެ ސަބަބުން ކިޔެވުމަށް ވަރަށްބޮޑު ބަދަލެއް އައި ކަމަށާއި، ކިޔެވުމާއި ދުރުވެ އެއްކޮށްހެން ދަށަށްދާން ފެށި ކަމަށެވެ. އޭރު ލިބޭ ނަތިޖާވެސް ދިޔައީ ދަށްވެގެން ކަމަށް ޝުޖާއު ބުންޏެވެ. ނަމަވެސް ދެން ބަދަލުވީ މަތީތައުލީމުގެ ހަރުފަތަށް ކަމަށާއި، ދެން ދިމާވި ރައްޓެހިންގެ ސަބަބުން އަނެއްކާވެސް ތަފާތު މަރުހަލާ އަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
ޕާސްޓް ޕޭޕަރު ހެދުމާއި، ކިޔެވުމާއި، އެއްކޮށްހެން ރޭގަނޑު މުޅިހެން ވެސް އުޅެނީ މިސްކިތުގައި ކަމަށާއި، އެގޮތަށް ކިޔެވި އިރު އެއްވެސް ގޮތަކަށް ނަމާދު ދޫނުކުރާ ކަމަށެވެ. ޝުޖާއު ބުނީ ތައުލީމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ނަމާދާއި ދުއާއިން ކަމަށެވެ.
މަތީތައުލީމުގެ ގެ ހަޔާތުގައި ލިބު ރައްޓެހިންނަކީ ޝުޖާއުގެ ހަޔާތުގައި އެނާ އަށް މުސްތަގުބަލް އަލިކޮށް ކޮށާލެވުނު އަލިކަންކަމުގައި ޝުޖާއުވަނީ ތަކުރާރުކޮށް ފާހަގަ ކޮށްފައެވެ. އެގޮތުން މަތީ ތައުލީމު ހާސިލް ކުރުމަށް މެލޭޝިޔާ އަށްދާން ޖެހުމުންވެސް ދިޔައީ އެ ރައްޓެހިން ގޮވައިން ނެވެ.
އެހެންކަމުން އިތުރަށް މޮޅުވުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެެއްގެ ސަނަދެއް ޝުޖާއު ވަނީ ހާސިލް ކޮށްފައެވެ.
ނަމޫނާއަކަށް ޝުޖާއު ބަލަނީ ތައުލީމާއި އިލްމުން ނުފޫޒުގަދަ ކަނބަލެއް ކަމަށްވާ ޑރ. އާއިޝަތު މުނީޒާއަށެވެ. އޭނާގެ ގާބިލު ކަމާއި، މޮޅު ކަމަށެވެ. އެގޮތަށް ގާބިލު ކަމާއެކު ކުރިއަށްދާށެވެ.
ޝުޖާއު ބޭނުންވާ އަމާޒަށް އޭނާގެ އަޒުމް ދައްކައިދޭން ބޭނުންވެއެވެ. ކާމިޔާބީ ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަޑިއަށް މުނީޒާފަދަ މީހަކަށް ބަލައިގެން ކުރިއަށްދާން ޝުޖާއު ހުރީ ކެރިގެންނެވެ.
ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ. ޝުޖާއު ބުނީ ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ ކެތްތެރިތަކަމާއި އެކު ކާމިޔާބީއަށް ޝައުގުވެރިކަން އިސްކުރާނެ ކަމަށެވެ. ޒުވާނުންނަށް ހިތްވަރު ލިބެނީ އެމީހުން އަމިއްލައަށް ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލްވުމުންކަމީ ޝުޖާއު މިއަދު ދެކޭގޮތެވެ.
ނަމަވެސް ޝުޖާއުގެ ކަންބޮޑުވުމެއް އެބަ އޮތެއެވެ. އޭލެވެލް ޓޮޕް 1 ވަނަ ދާ ކުދިންނަށް ސަރުކާރުން ސްކޮލަރޝިޕް ލިބޭ އުސޫލުން ޔުނިވަސިޓީން އެއްވަނަ ހޯދާ ދަރިވަރުންނަށް ވެސް ސްކޯލާޝީޕްގައި އިތުރަށް ކިޔެވުމަށް ފުރުސަތު ނުލިބުމެވެ. އަދި ލޯން ނަގައިގެން ކިޔަވާ ދަރިވަރުންނަށް ލޯން ދައްކަން ހަދައިގެން އިތުރަށް ކިޔެވުމުގެ ފުރުސަތު ހަނިވެފައި އޮތުމަކީވެސް އޭނާގެ ކަންބޮޑުވުމެވެ.
ޝުޖާއުގެ ކުރިއެރުމުގެ އެންމެ ބޮޑު ބާރަކީ މިހާރުވެސް މަސައްކަތް ކުރާ އޮފީސް ކަމަށާއި، ވަޒީފާގައި އުޅެމުން ކިޔެވުމަށް އޭނާ ދޫކޮށްފައި ހުރުން އެއީ އިތުރަށް ކިޔެވުމަށް ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށްވެސް ޝުޖާއު ބުންޏެވެ.
މޯލްޑިވްސް ކަސްޓަމް ސާވިސްގެ، ސާވިސް އޮފިސާ ގުރޭޑް3 ގެ މަގާމުގައި ހުންނެވި ޝުޖާއު ވަނީ ޝުކުރުވެރި ކަމާއި އެކު ކިޔެވުމަށް ވަޒީފާއިން ދޫދޭތީ އެ ފުރުސަތަށް ޝުކުރުވެރިވެފައެވެ.
އޭނާ ބުނާ ގޮތުން ބޭނުންވަނީ އިތުރަށްވެސް ކިޔަވާށެވެ. ކުރިއަރާށެވެ. ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާއި އެކުވެސް ކުރިއަށްދާށެވެ. އެއީ އަސްލު ހަގީގަތާއި ކުރިމަތިލުން ކަމަށްވެސް ޝުޖާއު ބުންޏެވެ.