ads
އުއްތަމަ ފަނޑިޔާރު އަދި ޔާމީން
ޔާމީނާމެދު ގޮތް ނިންމަން ޔާމީންގެ އަނިޔާ ލިބުނު ފަނޑިޔާރުންނަށް
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި ދަނޑިވަޅަކީ ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތުން ފުރިގެންވާ ހާލަތެކެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނާންވީ ޝަރުތުތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބުނާ ޝަރުތުތަކާމެދު ގޮތެއް ނިންމުން އޮންނަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އަތްމަތީގައެވެ. 

ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ މައްސަލަ ހުށަހެޅި، ފުލް ބެންޗުގެ ކުރިމައްޗަށް އެ މައްސަލަ ހުށަހެޅިފައިވާއިރު ސުޕްރީމް ކޯޓުގައި މިއަދު ތިއްބެވި ބައެއް ފަނޑިޔާރުންނަކީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެކި ކަހަލަ ފިއްތުންތަކާ "އަނިޔާ" ލިބިފައިވާ މީހުންނެވެ. ވަކިން ހާއްސަކޮށް މިއަދު ސުޕްރީމް ކޯޓުގެ އެންމެ އިސް ދެ ފަނޑިޔާރުންނަކީ އެ އަނިޔާ ލިބުނު ދެ ބޭފުޅުންނެވެ. 

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން

ރައީސް ޔާމީންގެ ވެރިކަމުގައި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުގެ މަތިން ރައީސް އެ ބިލް ތަސްދީގު ކުރައްވާތާ ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަކި ކުރާނެ ދެ ފަނޑިޔާރެއް ކަނޑައަޅައި އެ ނަން މަޖިލީހުގެ ޖަލްސާއަށް ފޮނުވަން ޖެހެ އެވެ. އެ މަގުން މުއުތަސިމް ވަކިކުރީއެވެ. 

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މުތުސިމާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު ވަކިކުރަން ފާސްކުރީ މަޖިލީހުގެ، 75 މެމްބަރުންގެ ތެރެއިން 53 މެމްބަރަކު އެ ދެބޭފުޅުން ވަކި ކުރަން ވޯޓު ދެއްވުމުންނެވެ. އެއީ ޕީޕީއެމުން މަޖިލިސް ކޮންޓްރޯލް ކުރިއިރެވެ. ޔާމީންގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްކޮޅަކީ އެ ދުވަސްކޮޅެވެ.

ޑރ. އަޒްމިރާލްދާ ޒާހިރު

ޑރ. އަޒްމިރާލްދާ ޒާހިރަކީވެސް ރައީސް ޔާމީންގެ ވެރިކަމުގައި "ފިއްތުއްތަކާ" "އަނިޔާ ތަހައްމަލު ކުރަން ޖެހުނު ފަނޑިޔާރެކެވެ. ރައީސް ޔާމީން ވެރިކަމަށް އިންތިހާބުވީއިރު، ޑރ. އަޒްމިރާލްދާ ޒާހިރު ހުންނެވީ ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައެވެ. 

އަޒްމިރާލްދާއަށް ކުރިމަތިވީ ފިއްތުންތައް ފެށިގެން އައީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކާއެކު ޑރ. އަޒްމިރާލްދާ ޒާހިރު އައްޑު އަތޮޅަށް ފޮނުވާލި ހިސާބުންނެވެ. އައްޑު އަތޮޅުގައި "އުނދަގޫ" ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު އެންމެ ފަހުން އަޒްމިރާލްދާ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީއެވެ. އިތުބާރު ހިފޭ ބައެއް މަސްދަރުތަކުން ޔަގީންވާ ގޮތުގައި ހަގީގަތުގައި އަޒްމިރާލްދާ އިސްތިއުފާ ދޭން މަޖުބުރުވާ ހާލަތެއް ޔާމީންގެ ސަރުކާރުން އުފެއްދީއެވެ. އެއީ ހަގީގަތެވެ. 

ކޮންމެއަކަސް މިއަދު މިއޮތީ ކުރިންވެސް ދެންނެވި ހެން ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް ލިބޭ މިންވަރަކަށް ކަންކަން ބަދަލުވެފައެވެ. ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު ފަނޑިޔާރުންގެ ކުރިމައްޗަށް މިއަދު ޔާމީން ގޮސް ހުންނަން ޖެހޭއިރު، މިއީ އަތުވެދާނެކަން ކުރިން ކުޑަކޮށްވެސް ވިސްނާލެވިފައި އޮވެދާނެ ބާއެވެ؟ 

70%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް