އިނގިރޭސި ވިލާތުގައި ހުންނަ ހެރީއާ މޭގަންގެ ގަނޑުވަރު ދޫކޮށްލައްވައިފި
އައިޝަތު ނޫރާ
03 ޖުލައި 2023 - 15:58:56
ޕްރިންސް ހެރީ އާއި މެގަން މާކަލް ރަސްމީކޮށް އިނގިރޭސިވިލާތުގައި ހުންނަ އެމީހުންގެ ގަނޑުވަރު ކަމަށްވާ "ފްރޮގްމޯ ކޮޓެޖް" ދޫކޮށްލައްވައިފިއެވެ.
ދެހާސް ވިހި ވަނަ އަހަރު އެމެރިކާއަށް ބަދަލުވި މި ދެމަފިރިން އޭގެ ފަހުން ދިރިއުޅެމުން އަންނަނީ ކެލިފޯނިއާގައެވެ.
ފްރޮގްމޯ ކޮޓެޖަކީ ހެރީގެ ކާފަ ރާނީ އެލިޒަބަތު ދެވަނަ ގެ ހަދިޔާއެކެވެ.
އެ ދެމަފިރިން ކޮޓެޖް މަރާމާތު ކުރުމަށް ފައިސާ ދެއްކިއިރު، އެ ކޮޓެޖް އަށް 2.4 މިލިއަން ޕައުންޑް ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ފްރޮގްމޯ ކޮޓެޖް މަރާމާތުކުރުމާ ގުޅިގެން ސޮވަރިން ގްރާންޓުން ކުރި ހަރަދު އެ ދެމަފިރިން ވަނީ އަނބުރާ ދައްކާފައެވެ.
މިހާރު އެ ކޮޓެޖަކީ ޝާހީއާއިލާގެ މިލްކެކެވެ. ދެން ފްރޮގްމޯ ކޮޓެޖްގައި ދިރިއުޅޭނީ ކޮންބައެއް ކަމެއް ސާފެއް ނުވެއެވެ.
އަދި ފްރޮގްމޯ ކޮޓެޖުން މި ދެމަފިރިން ވަކިވުމަކީ ހެރީ އާއި ޝާހީ އާއިލާއާ ދެމެދު ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ހިތްހަމަނުޖެހުމުގެ އެންމެ ފަހުގެ ހެކިކަަމަށް ރިޕޯޓުތައް ބުނެއެވެ.
0%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް