ads
ޖިންސް ބަދަލުކުރާ ދިވެހިން ސިއްހީ ނުރައްކަލަށް!
ޖިންސް ބަދަލުކުރާ ދިވެހިން ސިއްހީ ނުރައްކަލަށް!
އިންސާނާ ހެއްދެވި ހައިސިއްޔަތު ނުވަތަ ޖިންސް އަމިއްލައަށް ބަދަލުކުރުކަމީ ބޮޑުވެގެންވާ ފާފައެއް ނަމަވެސް ހަގީގަތަކީ ދިވެހިންގެ ތެރެއިން މަދު ބައެއް ނަމަވެސް މި ނުބައި ފާހިޝްއަމަލަށް އަރައިގަނެ ދުނިޔޭގެ އެތައް މިތަނުގައި އެބައުޅެއެވެ. މިއީ ބަޔަކު ނުފެންނަ ކަމަށް ހަދައިގެން ލޯމަރާލައިގެން ތިބި ނަމަވެސް ހަގީގަތެކެވެ.
Advertisement

އެފަދަ މީހުން ދުވަސް ތަކަކަށް ފަހު ރާއްޖެ އައިސް ރާއްޖޭގައި ދިރިއުޅެމުން ގެންދާކަންވެސް މިހާރު ސިއްރެއް ނޫނެވެ. އެކަން އެނގެނީ ޖިންސު ބަދަލު ކުރުން ނުވަތަ "ޓްރާންސްޖެންޑާ އޮޕަރޭޝަނަށް ފަހު އިންފެކްޓް" ވެ އެމީހުން ރާއްޖޭގެ ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދަމުން ގެންދާތީއެވެ.

ދާދިފަހުން ވަނީ މިފަދަ މީހަކު ސިއްހީ ނުރައްކަލަކަށް ހުށަހެޅި ސަރުކާރުގެ ހޮސްޕިޓަލަކަށް ގޮސް ފަރުވާ ހޯދާފައެވެ. އެއީ ކުރިން ފިރިހެނެއްގެ ގޮތުގައި ހުރި ނަމަވެސް ފަހުން އޮޕަރޭޝަންކޮށް އަންހެނަކަށް ބަދަލުވެފައިވާ މީހެއްކަމަށް މި ކޭސް ރަނގަޅަށް އެނގޭ ބައެއް މީހުން ހިއްސާކުރި މައުލޫމަތުން ވެސް އެނގެއެވެ.  

"މި މަހުގެ ތެރޭގައި ވެސް ވަނީ މިފަދަ މައްސަލައެއް ރާއްޖޭގައި ފެންމަތިވެފައި. އެއީ ފިރިހެނަކު އަންހެނަކަށް ބަދަލުވުމަށް ކުރި އޮޕަރޭޝަނެއްގެ ސަބަބުން އޭނާ ވަރަށް ބޮޑަށް އިންފެކްޓް ވެގެން ދިމާވި މައްސަލައެއް" މި ހާދިސާގެ މައުލޫމަތު ވަރަށް ކައިރިން ތަޖުރިމާކުރި މީހަކު ކިޔައި ދިނެވެ.

އޭނާ ހޮސްޕިޓަލަށް ދިޔައީ އަންހެނަކަށް ބަދަލުވާންވެގެން އޭނާގެ އުރަމަތި ކޮށްފައިވާ ސާޖަރީއެއް ގޯހުން ގޯހަށް ގޮސް، މީހާ ސިއްހީ ބޮޑު ނުރައްކަލަކަށް ވެއްޓުމުންކަން އެނގިފައި ވެއެވެ.

"އޭނާ ހުރީ އަންހެނަކަށް ބަދަލުވެގެން ބްރެސްޓް އިންޕްލާންޓް ވެސް ލައްވާފައި. އެހެން ހުއްޓާ މި ވީ ގޮތަކީ މުޅި މޭ މަތި ވެސް އެއްކޮށް އިންފެކްޓްވީ. އޭގެ އިތުރަށް ވެސް އެތަށް ސިއްހީ މައްސަލަތަކެއް އޭނާ އަށް ވަނީ ކުރިމަތިވެފައި," އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ހިއްސާކުރިއެވެ.

އޭނާ އަދިވެސް ރަނގަޅުނުވާ ކަމަށާއި މީގެ ކުރިންވެސް މިފަދަ ބައެއް ކޭސްތަކުގައި ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ކަމަށާއި, އެފަދަ ހާލަތްތަކުގައި އާސަންދައިން އެތައް ހަރަދެއް އެ މީހަކަށް ކުރަން ޖެހޭކަން އެކަމުގެ މައުލޫމަތު އެނގޭ ބައެއް މީހުން ހިއްސާކުރި މައުލޫމަތު އެނގެއެވެ.

މިއީ އިސްލާމް ދީނުގައި ބޮޑު ހަރާމް ކަމެއްކަމަށްވާއިރު މިފަދަ ހުތުރު ކަންކަމަށް އަރައިގަންނަ މީހުންނަށް މުސްލިމް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރުމާއި މިފަދަ ކަންކަން އެނގޭއިރުވެސް އިދާރާތަކުން އަޅާނުލާ ތިބޭތިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށްވެސް މިމައްސަލާގައި ކަންބޮޑުވުން ފާކުކޮށް ވާހަކަދެއްކި މީހުން ބުނެއެވެ.

"މިފަދަ އެހެން ބައެއް ކޭސްތައް ވެސް އަންނަނީ ފެންމަތިވަމުން. ހެއްދެވި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވާން ހަދައިގެން ދިމާވާ މިފަދަ މައްސަލަތަކުގެ ސަބަބުން އެ މީހުންނަށް އާސަންދައިން ފަރުވާ ކުރޭ, މިކަން ހުއްޓާލަން ޖެހޭ. އަމިއްލަ އަށް ގޮތް ރިސްކުތައް އެނގިހުރެ, ހެއްދެވި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވާން ހަދައިގެން ދިމާވާ މައްސަލަތަކަށް މުސްލިމް ގައުމެއްގެ ރައްޔިތުން ހަރަދު ކުރާކަށް ނުޖެހޭނެ. އެއަށްވުރެ ރަނގަޅުތާ އާސަންދައިން މީހުންގެ ދަތް ސާފުކުރުން ފަދަ ބޭސިކް ކަންކަން ކަވަރު ކޮށްދިނަސް," އެހެން އޮފިޝަލަކު ކަންބޮޑުވުން ފާޅުކުރެއްވި

އޮފިޝަލް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ އަދި މުއްސަނދި ގައުމުތައްކަމަށްވާ އެމެރިކާ ފަދަ ތަންތަނުގައިވެސް ޓްރާންސްޖެންޑާ އޮޕަރޭޝަންތަކަށް ފަހު ދިމާވާ ސިއްހީ މައްސަލަތައް އެމީހުންގެ ހިލޭ ބޭސްކޮށްދޭ ނިޒާމުގެ ތެރެއިން ކަވަރުކޮށް ނުދޭ ކަމަށެވެ. އެއީ ގައިރު މުސްލިމް ގައުމުތައްކަމަށް ފާހަގަ ކުރަމުން ވިދާޅުވީ ރާއްޖެ ފަދަ މުސްލިމް ގައުމަކުން މިފަދަ ކޮމްޕްލިކޭޝަންތަކަށް އާސަންދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ހަގީގަތުގައި މިފަދަ ކޭސް އެއް ސިއްހީ ނިޒާމަށް ފާހަގަ ކުރެވިއެއްޖެ ނަމަ ފުރަތަމަވެސް އެކަން ފުލުހުންނަށް އަންގާ އެމީހަކަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށެވެ.

މިއީ މީހުންގެ ޒާތީ ސިއްހީ މައްސަލަތައް ކަމަށްވާތީ ސިއްހީ ނިޒާމުގައި ހިމެނޭ ބޭފުޅުންނާއި ހޮސްޕިޓަލުތަކުން މިކަމުއި ފާޅުގައި ވާހަކަ ދައްކަން ނުވަތަ މައުލޫމާތު ދޭކަމަށް ބޭނުން ނުވެއެވެ.

ނަމަވެސް ރާއްޖޭގައި ނުބައި, ފާހިޝް އަމަލުތައް ގިނަވެ, އެއް ޖިންސުން ގުޅުން ހިންގުމާއި, ހަށި ވިއްކުމާއި މީހުންގެ ނަސްލު އޮޅޭ ފަދަ ކަންކަން އާންމުވަމުން އަންނަ އިރު, އެކަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރޭތޯ ސުވާލު އުފައްދަން ޖެހެއެވެ.

16%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް