މެދުތެރޭ އެފްރިކާގެ ގައުމެއްކަމަށްވާ ޗާޑްގެ ޓީވީ ތަރިއެއްކަމަށްވާ މޯގަންއަށް މިފަހަރު ލިބުނީ މިކަހަލަ ބޮޑު އަނިޔާއެކެވެ. ރިޕޯޓްތައް ބުނާގޮތުން މީހުން ތަކެއްގެ ތެރޭގައި ހުއްޓާ ކިނބިއްސެ އައުމުން އޭނާވަނީ ކިނބިހި ނާޅަން ވަރަށް މަސައްކަތް ކޮށްފައެވެ.
ނަމަވެސް ކިނބިހި ކޮންޓްރޯލް ނުކުރެވި ކިނބިހި އެޅުނުއިރު އޭނާއަށް ބޮޑުއަނިޔާއެއް ލިބި މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ކިނބިހި ނާޅާ ހިފަހައްޓަށް މަސައްކަތް ކުރުމުގެ ސަބަބުން އޭނާގެ އެއް ލޯ ވަރަށް ބޮޑަށް ބޭރަށް ނިކުތް ކަމަށާއި އެކަމުގެ ސަބަބުން ވަގުތުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން މޯގަންގެ ލޮލަށް ވެފައިވާ އަނިޔާ މުޅިން ރަނގަޅުވާ ހަފްތާތަކެއް ނަގާނެކަމަށް ޑޮކްޓަރުން ލަފާކުރެއެވެ. ނަމަވެސް ސްޓޭބަލްވެފައިވާތީ އޭނާ ގެއަށް ދޫކޮށްލުމަށް މިހާރުވަނީ ނިންމާފައެވެ.