ads
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް-- ފޮޓޯ: ޓްވިޓާ
އުވާނުލެވުނު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިތާ ތިން އަހަރުވާން ގާތްވީއެވެ. ހުޅުމާލޭ މެޖިސްރޭޓް ކޯޓަކީ ކިހިނެތް އުފެދުނު ކޯޓެއްކަން އެހެން ފަހަރަކުން އަދި ލިޔާނަމެވެ.
Advertisement

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިހާރު މިއޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ މެދު ތެރޭއެވެ. 

އެ ފަހުން މިހާރު ތިން އަހަރުވުމާ ގާތްވީއެވެ. އަދިވެސް އުވާލުމުގެ މަސައްކަތް ކުރަނީއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުވެސް  ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް ދަނީ ދަނީ ކުރަމުންކަމަށް ޖޭއެސްސީންވަނީ ބުނެފައެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށް ދިނުމަށްވެސް ޖޭއެސްސީން އެދުނެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކަންތަކުގެ ތެރެއަށް ވަންނަން ބޭނުންވި ހެނެއް ހިއެއް ނުވެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ޖޭއެސްސީންވެސްވަނީ ނިންމާފައެވެ. އަދި އެކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރަތަމަ އިއްވި ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް ކަމަށް ދެކޭތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުން ިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.

"ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެކެވެ." ޖޭއެސްސީން ކުރިން ބުނެފައިވެއެވެ.

ކަން މިހެން ހުރިނަމަވެސް އެކަން ކުރެވޭނެ ނުވަތަ ކުރާނެ ގޮތުގެ ކޮޅެއް މެދެއް ޖޭއެސްސީއަކަށް ނުފެނުނެވެ. ނުވަތަ ފެނުނު ނަމަވެސް އަދި މިހާތަނަށްވެސް އެކަމެއް ނުކުރެވުނެވެ. 

އެކަން ކުރާކަށް ސުޕްރީމް ކޯޓުން އޭގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. މަޖިލީހާ ހިސާބަކަށް ނުއެއް ދެއެވެ. ސަރުކާރުން އެކަމަކާ ނޫޅެއެވެ. ތިން ބާރުންކުރެ ބާރަކުން އެކަމާ ހަވާލުނުވިޔަސް ތިން ބާރުންވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފު ކޯޓެއް ކަމަށް ގަބޫލު ކުރެއެވެ. އެކަމަކު އެ ގަބޫލު ކުރުމާ އެއް ގޮތަށް އަމަލެއް ނުކުރެއެވެ.

އެކަމަކުވެސް ފަނޑިޔާރުގެ އިސްލާހު ކުރުމަށް ދައުލަތުގެ ތިން ބާރުންވެސް ކެނޑިނޭޅި މަސައްކަތް ކުރެއެވެ. ހާސިލް ނުވަނީ ހަމައެކަނި ކުރާ މަސައްކަތުގެ ނަތީޖާއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް